ތަޢުލީމީ ޖީލެއް ބިނާކުރެއްވުމަށްޓަކައި، ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބް ކުރެއްވި މަސައްކަތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

Ads by Asuru

ރައީސް ނަޝީދު އެކަމަނާގެ މަސައްކަތްތައް ސިފަ ކުރެއްވީ، އަގު ނުކުރެވޭފަދަ މަސައްކަތެއްގެ ގޮތުގައެވެ.

ރައީސް ނަޝީދު ހަބީބާއަށް ތައުރީފު ކުރެއްވީ އެކަމަނާ އަވަހާރަވުމާ ގުޅިގެން އެ ކަމަނާގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

މިގޮތުން ރައީސް ނަޝީދު ވިދާޅުވީ ހަބީބާއަކީ ރާއްޖޭގެ އަންހެނުން ކުރިއަށް ގެންދިއުމާއި ތައުލީމީ ޖީލެއް ބިނާކުރުމުގައި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ހަބީބާ އަވަހާރަވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.