”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ސަރުކާރުގެ ހިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ސަރުކާރުގެ ހިދުމާތު މަރުކަޒުތައް އުފެއްދެވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން މިކަން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ.
އެގޮތުން ”ސަރުކާރުގެ ހިދުމާތު މަރުކަޒު“ ތަކުގެ ގޮތުގައި އުފެއްދެވީ:
1. ސަރުކާރުގެ ހިދުމާތު މަރުކަޒު – ހއ. އަތޮޅު
2. ސަރުކާރުގެ ހިދުމާތު މަރުކަޒު – ހދ. އަތޮޅު
3. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު
4. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު
5. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު
6. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު
7. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު
8. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު
9. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު
10. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު
11. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު
12. ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު
13. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު
14. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު
15. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު
16. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު
17. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު
18. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު
ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 65ވަނަ މާއްދާގެ (ށ)ގެ 1ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.
މި މަރުކަޒުތައް އުފައްދަވައި، ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.

