ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދި ތިން އަހަރު ފުރުމާ ބާއްވާ ހާއްސަ ޖަލްސާ މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބުނީ އެ ޖަލްސާ އޮންނާނީ މިރޭ 8:00 ގައި ސެންޓްރަލް ޕާކުގައި ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ރައްޔިތުން އޭގައި ބައިވެރިވާން އެދިފައިއެވެ.
މިރޭގެ ޖަލްސާގައި ފާއިތުވި ތިން އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމުގެ އިތުރުން، ސަރުކާރުން ކުރިއަށް ރާވާފައިވާ ކަންކަން ވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިއްސާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.





