އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ކާރިސާތަކާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމުތައް ތަރައްގީކުރުމަށް އުފައްދާފައިވާ އދ. ގެ ސަރަހައްދީ އިދާރާގެ އިންގާ ކޮމިޓީގެ ބޯޑުގެ ރިޔާސަތައް ރާއްޖެ އިންތިހާބުކޮށްފިއެވެ.
އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް، އެޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތާ ރާއްޖެއިން ހަވާލުވީ މެންހަޓަން ގްރޭންޑް ހުޅުމާލޭ ގައި ކުރިއަށްދިޔަ އެޕްޑިމްގެ ގަވަރނިންގ ބޯޑުގެ 11ވަނަ ބައްދަލުވުމުގައެވެ.
ރާއްޖޭގެ ފަރާތުން ރިޔާސަތާ ހަވާލުވެވަޑައިގެން އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިފއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާއެވެ.
ސަފޫރާ ވިދާޅުވީ އަޕްޑިމްގެ މަސައްކަތްތައް ކުރަމުންދަނީ ކާރިސާތަކުން ގެއްލުން ކުޑަކުރުމާއި އަދި ކާރިސީ ހިރާސް ކުޑަކުރުމަށްޓަކައި ޑޭޓާ އަދި އޭގެ މައުލޫމާތުތައް ހިއްސާކޮށް އަދި އެކި ޑޭޓާތައް އެއްކުރުމާއި އަދި އެ ލިބޭނެ ގޮތް ހެދުންކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި މައުލޫމާތާއި ޑޭޓާގެ ބޭނުން ހިފާނެ ގޮތްތަކާއި އަދި މުއާމަލާތް ބައްޓަންކުރާނެ ގޮތް ހޯދުމާއި އަދި އެކި މޮޑެލްތައް ބޭނުންކޮށްގެން ފްރޭމްވޯކްތައް ހެދޭނެ ގޮތްތައް ހޯދުމަށްކަމަށެވެ.
މީގެ އިތުރުން ސަފޫރާ ވަނީ ރައީސް ޑރ މުހައްމަދު މުހައްމަދު އިއުލާން ކުރައްވާފައިވާ 2.0 ވިޝަން ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގެ 11 ގައުމަކުން ބައިވެރިވާ އެޕްޑިމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތުގައި މިހާރު އެކި މުއައްސަސާތަކުގައި ހުރި ކާރިސާތަކާއި ކާރިސީ ހިރާސް ކުޑަކުރުމުގެ މަޢޫލޫމާތު އެއްދިމާލަކުން ލިބޭނެ ގޮތް ހެދުމުގެ އިތުރުން ސިޔާސަތުތައް ކަނޑައެޅުމުގައި އެކި މުއައްސަސާތަކުގެ ގުޅުން ވަރުގަދަކޮށް މައުލޫމާތާއި ޑާޓާގެ ބޭނުން ހިފުމަށް ބާރުއަޅާ، އެކަމާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުން ބޭނުންވާ ތަމްރީނުތައް ކުރިއަށް ގެންދިއުމާއި ޤައުމުތަކުގެ ފަންނީ ގާބިލްކަން އިތުރުކުރުމެވެ.





