ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ނިއު ދެއްލީގައި ބައްދަލުކުރައްވައިފިއެވެ.

Advertisement
Advertise with us

އިރުތިޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވިދާޅުވީ ދެ ގައުމުގެ ގުޅުންތައް ކުރިއަރާފައިވާ މިންވަރު މުރާޖައާކުރެއްވުމުގެ އިތުރުން، ތަރައްގީގެ އެއްބާރުލުމާ ގުޅޭ މަޝްވަރާތައް ކުރެއްވުނު ކަމުގައެވެ.

އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ސަލާމަތީ ކަންކަމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު އިރުތިޝާމް ވަނީ ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ފައިދާ ލިބޭގޮތަށް ގުޅުންތައް ބައްޓަންކުރެއްވުމަށް ރާއްޖެއިން ދެމިއޮތް ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަދި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.