އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by Asuru

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަން

ނޮވެމްބަރ 29 ވަނަ ދުވަހު ރަތަފަންދޫ ސާމީ ސްޓޯރު ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ.

މި ތަކެތީގެ ވެރިފަރާތުން 7909311 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

ނޮވެމްބަރ 27 ވަނަ ދުވަހު މަޖީދީމަގު ކްއީން ސެލޫން ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަަމަށް ބެލެވޭ އައިފޯން 6 އެއް. އިންސިޑެންޓް ނަންބަރ 540901

ނޮވެމްބަރ 28 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގު ޔުނިޓީ ޝޮޕް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޕްލާސްޓިކް ކޭބަލް ފަސް ރޯލު ހޮޅި. އިންސިޑެންޓް ނަންބަރ 540968

ޑިސެމްބަރ 1ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 435 ރުފިޔާ. އިންސިޑެންޓް ނަންބަރ 541289

ޑިސެމްބަރ 6 ވަނަ ދުވަހު ދިރާގު ހެޑްއޮފީސް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރ 541672

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން

ނޮވެމްބަރ 25 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ނަސަންދުރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރ 540745

ޑިސެމްބަރ 1 ވަނަ ރަތްފުސްގޯޅިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 ބޫޓު (ފިރިހެން، އޮފީސް ބޫޓު). އިންސިޑެންޓް ނަންބަރ 541268

ޑިސެމްބަރ 2 ވަނަ ދުވަހު ޗާންދަނީ މަގު ފަރީދީ މަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިލަކްސް ބްރޭންޑުގެ ދެ ކުލަފާޓާ. އިންސިޑެންޓް ނަންބަރ 541377

ޑިސެމްބަރ 2 ވަނަ ދުވަހު އަމީރު އަހުމަދު މަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 215 ރުފިޔާ. އިންސިޑެންޓް ނަންބަރ 541382