ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރުވި ގޮތް ބެލުމަށް އަދިވެސް ޕޯސްޓްމޯޓަމް ހެދޭ ގޮތެއް ނުވެއެވެ.

Ads by Asuru

 

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރި ތެރެއިންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލަށެވެ.

ނޮޅިވަރަމުގައި ނިޝާމާ ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު 12:30 ހާއިރުއެވެ. އޭގެފަހުން މިދިޔަ އާދިއްތަ ދުވަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެދުމަށެވެ.

ޕޯސްޓްމޯޓަމަށް ނިޝާމާގެ ހަށިގަނޑު ފޮނުވަން މަސައްކަތް ކުރަނީ އިންޑިއާ އަށެވެ. ނަމަވެސް ބައެއް އިންތިޒާމުތައް ހަމަޖެހިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ނުފޮނުވި ނިޝާމާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު މޯޗަރީގައެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވޭނެ ދުވަހެއް ފުލުހުން ހާމައެއް ނުކުރެއެވެ.