ކަށުނަމާދުގެ ތަފުސީލު އާންމުކުރުމަށް ސޯޝަލްމީޑިއާގައި އާއްމުންގެ މީހަކު ހިންގަމުން އަންނަ ޕޭޖުން އެކަން ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި ކަމަށް ބުނާ ވާހަކަ އެ ކައުންސިލުން ދޮގު ކޮށްފިއެވެ.

Ads by Asuru

މި ޕޭޖަކީ 70،000އަށްވުރެ ގިނަ މީހުން ފޮލޯ ކުރަމުން އަންނަ ޕޭޖެކެވެ.

ކަށުނަމާދު ޕޭޖު ހިންގާ ފަރާތުން މިއަދު ފޭސްބުކްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ސިޓީ ކައުސިލުން އަންގާފައިވާ ކަމަށާއި، އެގޮތަށް އަންގާފައިވަނީ އޭނާއަކީ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް ވާތީ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ގ