ށ. ކޮމަންޑޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

Ads by Asuru

އެ މަސައްކަތް ކުރަމުން އައި އެމްޓީސީސީން ބުނެފައިވަނި މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޚާނާވެސް ހުންނާނެ ކަމަށެވެ.

މި ފެރީ ސްޓޮޕްއަކީ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫއުގެ، އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއްކެވެ.

އާރްޓީީއެލް ފެރީ ހިދުމަތް ފުޅާކުރަމުން އަންނައިރު، މިފަދަ އެތައް ފެރީ ސްޓޮޕެއް އެކި ރަށްރަށުގައި އަންނަނީ ގާއިމުކުރަމުންނެވެ.