ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ރާއްޖޭގެ ވެރިކަމަށް އަލުން ގެނައުމަކީ ދިވެހިންނަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީން އަންނަ މަހު ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާތީ އެކަމާ ގުޅުވައިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ފައިދާ އަށް ވުރެ ގެއްލުންތައް މާ ބޮޑަށް ވެސް ފެނިގެން ދިޔަ ކަމަށެވެ.
”މަދު ރަނގަޅުކަމެއް ނުކުރައްވައޭ ނުދަންނަވަން. ނަމަވެސް އޭރު ވެސް ފައިދާއަށް ވުރެ ގެއްލުން މާ ބޮޑަށް ވެސް ބޮޑުވި ތަން އެންމެން ދުށީމު. ލައްކަ ކަންތައްތަކާ ރައްޔިތުން އޭރު ކުރިމަތިލާން ޖެހުނު.“ އޭނާ ވިދާޅުވިއެވެ.
ދެން ކަލ އަންނަންވީނުން ކޮސް ގޮވާ މޮޔަ