ވ. ފުލިދޫގައި ބިދޭސީއަކު ގެނބިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. އެއީ އެ ރަށުގައި ނަރުދަމާގެ މަސައްކަތްކުރަން އުޅުނު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ މަރުވީ އެރަށު ޖެޓީއަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
