ލ. ގަމުގައި އެޅުމަށް، މި ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު އޮންލައިން ނޫސް ”އަވަސް“އަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު މިހާރު ކުރިއަަށްދާ ކަމަށެވެ. އޭގެފަހުން ޑިޒައިން ކުރުމުގެ މަސައްކަތް ފަށައި، އެކަން ނިމުމުން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2023 ވަނަ އަހަރުގައި ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ މި މަޝްރޫއުގެ މަސައްކަތް ފަށަން އިންޑިއާގެ ޓީމެއް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެ އައެވެ. އެހެންނަމަވެސް، އަމަލީ ސިފައެއްގައި އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ސުބުހާނަﷲ، ކެންސަރު ބައްޔަށް މިރާއްޖޭގާ ފަރުވާ ކުރަން އެހާފަށޭހަ ބައްޔަކަށް ނުވާއިރު ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ އިތުރަށް ކެންސަރުބަލިގިނަވެ މީހުން ނެތިދާނެ ކަމެއް ތިބާވަތުގެ ނުރައްކާތެރިކަމެއް ނުކުރުމަށް އެއްޗެއް ނުވިސްނޭ މީހުނަށް ގޮވާލަން.
ތިވަރުގެ ނުބަިކަމެއް ނުކުރުމަށް ގޮވާލަން.!!