އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ ގައުމުގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Asuru

މި ރިޔާސީ ޕްރައިމަރީ އޮތީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި. ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދަށް ތާއީދު ފޯމު ހޯދުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އިންތި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު މި އިންތިހާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.