ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކުށެއް ނުކުރައްވާކަން ދިވެހީންނަށް ސާބިތުވާނެ ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9 އަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ޣައްސާން ވިދާޅުވީ މިފަހަރު ވެސް ރައީީސް ޔާމީނާއި އިދިކޮޅަށް ދައުލަތުން ހުށަހެޅީ ދެކޮޅު ނުޖެހޭ ހެކިތަކެއް ކަމަށެވެ. އަދި އެމަނިކުފާނު މީގެ ކުރިން ޖަލަށް ލުމަށް ކުޅުނީ ސިޔާސީ ކުޅިގަނޑެއްކަން އެންމެންނަށް ފެނުނު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައުސޫމްކަން ދިވެހި ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި ޔާމީން ކުށެއް ނުކުރައްވާކަން ސާބިތުވާނެ ކަމަށްވެސް ޣައްސ ވިދާޅުވިއެވެ.

”މި ގައުމަށް ސަލާމަތް އޮތީ ރައީސް ޔާމީން 2023ގެ ޒައާމަތުގައި.“ އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވަން ތާވަލު ކުރިއިރު، އެމަނިކުފާނަށް ވަނީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓްވެސް ދީފައެވެ.