މިއީ ވައްކަމުގެ ވާހަކަ ދެއްކުން އެމްޑީޕީ އަށް ބަންދުކުރި ސަރުކާރު ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންތި މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެންދާއިރު ވެސް އެމްއެމްޕީއާރްސީ އާއި ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ ނުހޯދޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވަނީ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދެއްކުން އެމްޑީޕީ އަށް ބަންދުކުރި ސަރުކާރަކީ މި ސަރުކާރު ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ޕާޓީ ވަނީ ބައިބައިވެފައެވެ.