އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި ޓީޗަރަކަށް 15 އަހަރުގެ ޖަލު ހުކުމެއް ކަރިމިނަލް ކޯޓުން އިއްވައިފިއެވެ.

ދ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ގުރުއާން ކިޔަވަން އޭނާ ގާތަށް ދިޔަ ދަރިވަރަކަށް ކަމަށެވެ.

Ads by Asuru

މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ އެ ކުއްޖާ ކައިރީ ނޭދެވޭ ވާހަކަތަކެއް ދައްކާ އެ ކުއްޖާގެ ގައިގައި އަތްލާފައިވާ ކަމަށާއި އޭނާ އެ ކުށަށް އިންކާރުކުރި ނަމަވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެެވެ.

ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 އަހަރާއި އަށް މަހުގެ ޖަލު ހުކުމެކެވެ.