ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވަނީ، އެމްޑީޕީއަށް އިންތިހާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ވަނީ އެމަނިކުފާނާއެކު ކަމަށް ވާތީ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް، އެމަނިކުފާނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ބޭނުންވާނެ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް އެންމެ ބޮޑުވާނީ އެމަނިކުފާނާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅަށް ފާޑުވިދާޅުވެ، ޢާޒިމް ވިދާޅުވީ، ރައީސް އެ ވިދާޅުވި ޒާތުގެ ވާހަކައެއް، މީގެ ކުރިން ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް ލިބިވަޑައިގެންނެވީ، އެންމެ ފަސް ޕަސެންޓް ކަމަށް ޢާޒިމް ވިދާޅުވިއެވެ.
އާދެ @ibusolih ، ތިޔަ ޒާތުގެ ވާހަކައެއް 2013ގައި
ވެރިކަމުގައި (ރައީސްކަމުގައި) ހުންނަވައިގެން @DrWaheedH ވެސް ވިދާޅުވި . ނިމުނީ %5 ގަ ! https://t.co/WwkrgThY6X
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 28, 2022
