އިދިކޮޅު ކޯލިޝަނުން މާދަމާ ހަވީރު މާލޭގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާ އަށް ފުލުހުން ހުއްދަ ދީފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ”ސަބަބުވެރި ހިނގާލުން“ ގެ ނަމުގައި ބާއްވަން ނިންމި ހަރަކާތަށް ފުލުހުން ހުއްދަ ދީ އެކަން އަންގާފައިވާ ކަމަށެވެ.
އެ ހަރަކާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
އިދިކޮޅު ކޯލިޝަންގެ މި ހަރަކާތަކީ މިދިޔަ އާދީއްތަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވެވި 11 އަހަރު ޖަލު ހުކުމާ ގުޅިގެން އެ މަނިކުފާނު މިނިވަން ކުރަން ގޮވާލަން ބާއްވާ ހަރަކާތެކެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ”ސަބަބުވެރި ހިނގާލުން“ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
