ވިލިމާލެ އިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru
ފުލުހުން ބުނީ އެ ބޯޓުގައި ތިބީ ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އެމީހުން ފުރާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ކަމަށާއި، އެމީހުންގެ ހަބަރެއް ނުވެގެން މިމަހުގެ 29 ވަނަ ދުވަހު އެކަން ރިޕޯޓު ކުރުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.