ގިނަ ދިވެހި ފިރިހެނުންތަކަކާއެކުގައި އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވެ، ގޭބަންދުކުރި ނާޒިމް ސައްތާރު ގޭބަންދުން މިނިވަންވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދ ނަޝީދުގެ ކޮއްކޮ ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގަ އެވެ. ނާޒިމަށް އިއްވި ގޭބަންދުގެ ހުކުމުގެ މުއްދަތު ހަމަވުމާ އެކީ އޭނާ މިހާރު ވަނީ މިނިވަންވަފައެވެ.
ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށްސާބިތުވީ އަމިއްލަ އިއުތިރާފާ އެކީގައެވެ.
އެމްޑީ އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން ގުޅުން ހިންގައި، އޭގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާންމުވާން ފެށި އިރު، އެންމެ ފުރަތަމަ އާންމުވީ ނާޒިމްގެ ވީޑިއޯއެވެ.
