ސައުދީ އަރަބިއްޔާގެ އަލްނަސްރަށް ބަދަލުވި، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ.
މިރޭ އިއްތިފާގާ ދެކޮޅަށް ސައުދީ ޕްރޯ ލީގުގައި އަލްނަސްރު ކުޅޭ މި މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 10:30 ގައެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލި މައްސަލައިގައި ރޮނާލްޑޯ އަށް އައި ދެ މެޗެއްގެ ސަސްޕެންޝަނާ ގުޅިގެން، އަލް ނަސްރުން މީގެ ކުރިން ކުޅުނު ދެ މެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވެއެވެ.
ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވެފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.
