ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން ކަމަށާއި، އެ މަނިކުފާނަކަށް ތާއީދެއް ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މަލީހް ވިދާޅުވީ ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮޅުވާލައިގެން ނަގައިފިނަމަ، އެމްޑީޕީ މަރުވެ، 2023 ގެއްލޭނެ ކަމަށެވެ.

”މި ޤައުމުގެ ޒުވާނުން މިހާ ފެންވަރު ދަށް ބޭފުޅަކަށް މި ހާލަތުގައި ވޯޓު ނުދޭނެ. ރައީސް ޔާމީން ޖަލަށްލާ އަނިޔާދީ ރ.އިބޫ އެއުޅުއްވަނީ ސައިޒް އޮޅިވަޑައިގެން. ރައްޔިތުން ރ.އިބޫ ބާލާނެ.“

މަލީހް ވިދާޅުވީ ޕާޓީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުން ނޯޕޭ ލީވް ނަންގަވައި މުސާރަ ނުނަންގަވައި ދައުލަތުގެ ރިސޯސަސް ބޭނުންނުކުރައްވައި ނާއިބު ރައީސާއި މަސްއޫލިއްޔަތު ހަވާލުކުރުން ވާނީ ބެސްޓް ޕްރެކްޓިސްއަށް ކަމަށެވެ.