އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާންޖެހޭ ހުރިހައި ތައްޔާރީތައްވެ ނިމިފައިވާ ކަމަށް، އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި، ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 05:00 އަށް ކަމަށެވެ.
އެމްޑީޕީގެ ވޯޓުފޮށިތައް އުފުލުމުގައި އެމްޓީސީސީގެ ވެހިކަލެއް ބޭނުންކުރިކަމަށް ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކައާ ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ، އެމްޓީސީސީއަކީ ކުރިންފެށިގެންވެސް ޕްރައިވެޓް ހަޔަރގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތެއް ކަމަށާއި، އެމްޑީޕީގެ އޮފީހުން އެއާޕޯޓަށް ވޯޓު ފޮށިތައް އުފުލާފައިވަނީ ޕްރައިވެޓް ހަޔަރގެ ގޮތުގައި އެމްޓީސީސީއަށް ލާރި ދައްކައިގެން ކަމަށެވެ.
މީގެއިތުރުން އިބްރާހިމް ވަހީދު ވަނީ ހޮނިހިރު ދުވަހު ވޯޓު ލުމަށް އެމްޑީޕީގެ މެންބަރުން ނިކުތުމަށް އެދިފައެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކަންކަން ރޭވިފައިވާނީ ދެ ކެނޑިޑޭޓުންނަށްވެސް އިންސާފުވެރިވާނެ ގޮތަށް ކަމަށެވެ.
