ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައި، މާތް ރަސްކަލާނގެ ދެއްވި އެންމެ ރަނގަޅު ނިއުމަތަކީ ހެޔޮ ލަފާ ވެރިއެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ، ރޭ އައްޑޫ ސިޓީގައި ބޭއްވި ”އިބޫ 2023“ ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ކޮވިޑަކީ އައި އެއްޗެއް ކަމަށް ބަޔަކު ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ކޮވިޑަކީ އައި އެއްޗެއް ކަމަށެވެ.

އަދި ދެ އަހަރު ވަންދެން އިގްތިސާދު އޮތީ ވަޅުޖެހިފައި ކަމަށާއި، ލޯނު ނެގި ވާހަކަ ދައްކާއިރު އެ ލޯނުތައް އެ ދުވަހު ނުނެގި ނަމަ މިއަދު ދިވެހިން ތިބޭނީ ބަނޑަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ރާއްޖެ އިން ކޮވިޑް މެނޭޖް ކުރި ގޮތަށް ތައުރީފު ކުރާ ކަމަށެވެ. އަދި އިގްތިސާދު ކުރިއަރައިގެން ދިޔުމަށް ކުރި މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރާ ކަމަށެވެ.

އަދި އެގޮތަށް ސުވާލު ކުރާ ފަރާތްކަށް ދޭ ޖަވާބުގައި، ދިވެހީންގެ ސިއްރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.