އިންސާނީ ވަގުފާރި ހުއްޓުމަށް ލަންކާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީގެ އިތުރުން ގާނޫނާއި ގަވާއިދާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި އިމިގްރޭޝަންގެ އިންސާނީ އަދި ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ އޮގް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ ނިހާލް ރަނަސިންގާއެވެ.
