ތަކުރާރުކޮށް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަކުރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެކެވެ.

އޭނަ ހައްޔަރުކުރީ އެ މިސްކިތަށް ނަމާދަށް ދާ 10 އަހަރުގެ ކުއްޖަކަށް އެކި ދުވަސްތަކުގައި ޖިންސީ ގޯނާ ކުރަމުން ދިޔަ މައްސަލައިގައެވެ. މިކަން ފަޅާއެރީ، އޭނާ މިސްކިތު ތެރޭގައި ޖިންސީ ގުނަވަން ދައްކައިގެން އުޅެނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.