މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރީ ކުޑަގިރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުޑަ އިރުކޮޅެއް ކުރިން ހުޅުވައި ދެއްވައިފިއެވެ.

Ads by Asuru

އެ ރަށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ފައިސަލް ނަސީމައި ސަރުކާރުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާންމުން ވެސް ބައިވެރިވެއެވެ.

ކުޑަގިރި މިއަދު ހުޅުވި އިރު އެ ރަށުގައި ފުރަތަމަ ފަހަރަށް ދަތުރު ހަދާލުމުގެ ފުރުސަތު ދިނީ 300 މީހަކަށެވެ. އެގޮތުން މިއަދަށް މިދޔަ ބުރާސްފަތި ދުވަހު ބުކިން އަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބުކިން ފުލްވެފައިވެއެވެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ކުޑަގިރި މެނޭޖްކުރާ އިރު، މި ރަށުން ކޮންމެ ދުވަހަކު ވެސް 500-600 މީހުންގެ ޕިކްނިކް ދަތުރަށް ފުރުސަތު ދެވޭނެއެވެ. މި ރަށަކީ ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި ހުޅުވި އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެއެެވެ.