ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Asuru

ނޮޅިވަރަމް ދާއިރާާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބަލައިގަތީ 33 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ދެ މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ބައެއް އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާ ކަމަށެވެ.

މިފަދަ މައްސަލަތައް ކުރިމަތިވަނީ ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނު ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެެވެ.

މިދިޔަ ބުދަ ދުވަހު ވެސް ބީއެމްއެލްއާއި ގުޅޭ މިފަދަ މައްސަލައެއް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައެވެ.

އެ ކޮމިޓީއަސް މި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒުއެވެ.

މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް ބީއެމްއެލްގެ އެކައުންޓްތަކުން އެކި ގޮތްގޮތަށް ފައިސާ ގެއްލެމުންދާ އިރު އެ މައްސަލަ ބީއެލްއެމްއެލް އަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ ފައިސާ ނުލިބި އަދި ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

އަދި އެހެން ބޭންކުތަކަށް އެ މައްސަލަ ކުރިމަތި ނުވެ ބީއެމްއެލްގެ އިތުބާރު ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.