ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
މިއަދުން ފެށިގެން ތިން ދުވަހަށް ރައްޔިތުންގެ މަޖިލީހުގައި ހުޅުވި މި ދަފުތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ތައުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން އާންމުންނަށް ވެސް ސޮއިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރިޒާ އަވަހާރަވީ ރިޒާ އަވަހާރަވީ މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނަ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރެކެވެ.
ރިޒާ މިފަހަރު ފުރުއްވަމުން ގެންދެވީ މެމްބަރު ކަމުގެ ތިންވަނަ ދައުރެވެ.