ލ. ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަލަށް އަޅާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

Ads by Asuru

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ އާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމުގެ އިތުރުން ކައުންސިލްގެ ރައީސް އަހުމަދު ޒަކީއެވެ.

ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަލަށް އަޅާ މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. މިކަމަށ 17 މިލިއަން ރުފިޔާ ހޭދަވެއެވެ. ޖުމްލަ 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

މި މިސްކިތް އިމާރާތްކޮށް ނިންމަން ހަމަޖެހިފައި ވަނީ 365 ދުވަސްތެރޭގައެވެ.

މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގައެވެ.