ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.

Ads by Asuru

އަލިފާާން ރޯވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވީ މ. ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ ”އާގަލާ“ ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށެވެ.

އޭގައި ތިބި މީހުން އަލިފާން ރޯވުމުން ކަނޑަށް ފުންމާލާފައިވާ ކަމަށާއި އެމީހުން މިހާރު ލޮކޭޓް ކުރެވި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެގޮތުން މިހާތަނަށް 14 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބީ 15 މީހުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއީ 5 ދިވެހިންނާއި 5 އިންޑިއާ މީހުންނާއި 5 ބަންގްލަދޭޝް މީހުންނެވެ. މީގެ ތެރެއިން އިންޑިއާގެ އެކަކު އަދި ފެނިފައެއް ނުވެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މެންދަމު 2:47 ގައެވެ.