ގދ.ފަރެސްމާތޮޑާ އެއާޕޯޓުގެ ޑިޒައިން ރީތިކަން ފާހަގަކުރައްވައި، އެމަސައްކަތް ފައްޓަވައިދެއްވި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ރައީީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ވަޓްއެޕް ގްރޫޕަށް ރައީސ ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެއާޕޯޓު ޑިޒައިން ވަރަށް ރީތި ކަމަށާއި، އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އެއާޕޯޓުވެސް ސިފަކުރެވޭ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފެށީ ރައީީސް ޔާމީންގެ ވެރިކަމުގައެވެ. އެ މަޝްރޫއު ދިގުލައިގެން ދިޔައީ ސަރުކާރު ބަދަލުވުމާ ގުޅިގެންނެވެ.

އެ ރަށުގެ އެއާޕޯޓުގެ ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކުރަމުން އަންނައިރު، އެތަން ސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުން ވަނީ އެފަދަ މަޝްރޫޢުއެއް އެރަށުގައި ފައްޓަވައި ދެއްވިކަމަށްޓަކައި ރައީީސް ޔާމީނަށާއި، އެ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.