މަސްތަކެތީގެ ބާވަތެއް ކަމުގައިވާ މަރުއާނާ ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ޖާބިރު ގޮވައިލައްވައިފިއެވެ.
ޖާބިރު މިކަމަށް ގޮވާލީ ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ޤަރާރަށް، މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.
މީގެ ކުރިންވެސް މަރުއާނާ ހުއްދަ ކުރަން ގޮވައިލެއްވި ޖާބިރު މިއަދު ވިދާޅުވީ، ކިތަންމެ ބާރު ގަދަ ޑްރަގެއް ބޭނުން ކުރިއަސް، އަދި ބާރު ދަށް އެއްޗެއް ބޭނުން ކުރިޔަސް، އަންނަނީ އެއް ޙުކުމެއް ކަމަށެވެ.
”މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި، އެއީ މިކަމަށް އޮތް ބޭހަކީ. ދެން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ޒައްގޫމު ދީގެން ނުވާނެތާ މިއީ ބޭހެކޭ ކިޔާ ބަހައްޓާފަ.“
ޖާބިރު ވަނީ ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް، މަރުއާނާ އަކީ ހުއްދަ އެއްޗެއް ކަމަށް ވިދާޅުވެ، އެ ހުއްދަ ކުރަން ގޮވައިލައްވައިފައެވެ.

މެރުއާނާ ހުރިތަނަކަށް ދޭބަލަ..
އެއްޗެއްމީހަކުގޮވާލާއިރައްކަމެއްނުވޭއަހަރެމެންމިގޮވައިލަނީޛާބިރުހައްޔަރުކުރަން