އެމްއެންޑީއެފްގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަންކުރައްވައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނުގެ މަޤާމަށް ޙުސައިން ރަޝީދު އައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި އިއްޔެގެ ވަގުތެއްގައެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. އެމްއެންޑީއެފްއިން ބުނީ ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެއްްކަމަށެވެ.
އަދި މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށްކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
