އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ އަލްޢައިން ޓްރެވެލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ގޮސް އުޅުނު، އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ، އެ ރަށު ހިޖުރަ، މުހައްމަދު ރަފީއުއެވެ.
މުހައްމަދު ރަފީއު ނިޔާވިކަން އަލްޢައިން ޓްރެވެލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް އިން ދުވަހަށް ކަށަވަރު ކޮށްދެއެވެ.
