އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

Ads by Asuru

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި މި ރޯދަ ވީއްލުމުގެ ފޮޓޯތައް ރައީސް އޮފީހުން ވަނީ ހިއްސާ ކުރައްވައިފައެވެ. ނަމަވެސް މި ރިސެޕްޝަނާ ގުޅޭ މާގިނަ މައުލޫމާތެއް އެ އޮފީހުން ނުދެއްވައެވެ.

މި ވެރިކަމުގައި އިންޑިއާ-ރާއްޖެ ގެ ގުޅުން ބަދަހި ކޮށްފައިވާއިރު، ރާއްޖޭގެ ދާހިލީ ކަންކަމަށް އެ ގައުމުގެ ސަރުކާރުން ވަންނަ މައްސަލައިގައި އިދިކޮޅުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން މީގެ ކުރިން ސިލްސިލާ އެއްވުންތަކެއް ބޭއްވިއިރު، ޕީޕީއެމްގެ ވެރިކަމެއްގައި، އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތް ކުރައްވާނެ ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް މީގެ ކުރިން ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވެއެވެ.