ޢަރަބިއްޔާ ސްކޫލުގައި މަސައްކަތް ކުރާ މޫނު ބުރުގާ އަޅާ މުދައްރިސުންނަށް، މޫނު ބުރުގާ އަޅައިގެން ކްލާސްތަކަށް ވަނުން މަނާކޮށްފިއެވެ.

Ads by Asuru
ޢަރަބިއްޔާ ފެމިލީ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި މިކަން ހާމަކޮށް ބުނީ، މިވަގުތު ޢަރަބިއްޔާގައި މޫނު ބުރުގާ އަޅާ ފަސް ޓީޗަރުން އެބަތިބި ކަމަށެވެ.

އަދި މޫނު ނުނަގާ ކްލާސްތަކަށް ވަންނަ ޓީޗަރުންގެ ނަން ނޯޓުކޮށްފައި ރިޕޯޓުކުރަން އެޑިއުކޭޝަނުން އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢަރަބިއްޔާ ސްކޫލުގެ އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުން ވެސް މަނާކޮށްފައެވެ.

މިކަމާ ގުޅިގެން، މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރެއްވިއެވެ.