ބޯކޮށް ވާރޭ ވެހި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައިވަނީ، ”ސްޓޯމް ވޯޓަރ ސިސްޓަމް“ ބަލަހައްޓާ ފަރާތުން ޕަންޕުތައް ނުޖައްސާ ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބު ރައީީސް މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިޔުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައިކަމަށެވެ.
”ސްޓޯރމް ވޯޓާރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕްތައް ތައް ސްވިޓްޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިޔުމަކީ ދެރަކަމެއް. އަދި ކިރިޔާ ޕަމްޕްތައް ޖެއްސުނީ؟ މާލެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިޔުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފަ“ ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާ ގުޅިގެން ތިން ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ބައެއް ސާމާނަށް ވެސް ވަނީ ގެއްލުުން ލިބިފައެވެ.

މަގުތަކުގައި ފެންބޮޑުވީ ވާރެވެހުނީމަ