ހިކަނދި ފަތަކީ ދިވެހިންގެ ގިނަ ކެއުންތައް، އެއާ ނުލައި ފުރިހަމަ ނުވާނެ އެއްޗެވެ. މިފަތަށް އިނގެރޭސި ބަހުން ކިޔަނީ ”ކަރީ ލީވްސް“އެވެ. ހުހަށް ކާއިރުގައި ހިތި ރަހައެއް ހުންނަ މި ފަތުގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވިގެންވާކަން އެނގޭހެއްޔެވެ؟

Ads by Asuru

މިގޮތުން، ބަރުދަން ލުއިކުރުމަށް ހިކަނދިފަތަކީ ވަރަށް ބޮޑު އެހީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަރީ ފަތަކީ ޓްރައިގްލިސަރައިޑްސް އާއި ކޮލެސްޓްރޯލް މަދުކޮށްދޭ އެއްޗެކެވެ. ހިކަނދިފަތުގައި ހުންނަ މާއްދާތަކުގެ ސަބަބުން، މިއީ ހަޖަމު ކުރުމަށްވެސް އެހީއެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.

އެނގޭހެއްޔެވެ؟ ހިކަނފަތަކީ ހަކުރު ބަލި ކޮންޓްރޯލް  ކުރުމުގެ ގާބިލުކަން ވެސް، ލިބިފައިވާ އެއްޗެކެވެ. ކެއުމުގައި މި ފަތް ބޭނުންކޮށްގެން އިންސިއުލިން އުފައްދާ ޕެންކްރިއޭޓިކް ސެލްތައް ސްޓިމިއުލޭޓްކުރެވޭނެއެވެ.

މީގެ އިތުރުން، ހިކަނދިފަތުގައި ވިޓަމިން އޭ ހިމެނޭއިރު، މި ވިޓަމިންގެ ސަބަބުން ލޮލުގެ އެކި ބަލިތަކުންވެސް ރައްކާތެރި ކޮށްދެއެވެ.