ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަސްވަނަ ޓަވަރުގައި ރޭގައި އަލިފާނުގެ އިތުރު ހާދިސާއެއްވެސް ހިނގި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Asuru

އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އެ ޓަވަރުގެ އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ދޭތެރޭގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓުގެ މަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ރޭގައި ހަރަކާތްތެރިވިކަމަށެވެ.

މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް 05:45 ހާއިރު ދިޔައިރު އަލިފާން ވަނީ ނިއްވާލާފައި ކަމަށާއި، ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

”މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އަށް ލިބިފައިވަނީ މިއަދު ފަތިހު 05:32 ހާއިރުއެވެ” އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގެ އިތުރުން އެ ޓަވަރުގެ 2-17-H5 ބެލްކަނީގައިވެސް ރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.