ބޭނުންވާ ތަކެތި:
- 3 މޭޒުމަތީ ސަމުސާ ހަކުރު
- 6 ބިސް
- 1 ދަޅު ގެރިކިރު
- ½ ޖޯޑު ފެން
- 1 ސައިސަމުސާ ވެނީލާ އެސެންސް
- ކުޑަ ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ކެރަމަލްކޮޅު ހެދުމަށް ތެއްޔަކަށް ހަކުރު ކޮޅު އެޅުމަށްފަހު ކުޑަ ފެންފޮދެއް އަޅާ ކައްކާލާށެވެ. މުށި ކުލަ އެރުމުން ހަކުރު ކޮޅު ޓްރޭއަކަށް އަޅާ ރީތިކޮށް ފަތުރާލާށެވެ. އެއަށްފަހު ހިހޫކޮށްލަން ބަހައްޓާށެވެ.
ފުޑން ތައްޔާރުކޮށްލުމަށް ބިސްތައް ތައްޓަކަށް އަޅާ ގިރާލާށެވެ. ބިސް ގިރުމަށް މިކްސްޗަރުވެސް ބޭނުން ކުރެވިދާނެއެވެ. ބިސް ގިރުމަށްފަހު ގެރިކިރު، ވެނީލާ އެސެންސް، ފެން އަދި ލޮނު އެޅުމަށްފަހު ހުރިހާ އެއްޗެއް ރީތިކޮށް އެއްވަންދެން ގިރާލާށެވެ.
ފުޑިން ފިހަން ވާނީ އާވިންނެވެ. މިގޮތަށް ފިހުމަށް 175 ޑިގްރީއަށް އަވަން ޖެއްސުމަށްފަހު ފުޑިން ފިހާ ޓްރޭއަށް ވުރެ ބޮޑު ޓްރޭއަކަށް ފެން އަޅާ ކުޑަ ޓްރޭ އޭގެތެރެއަށް ލާށެވެ. އެއަށްފަހު ގާތްގަނޑަކަށް 40-45 މިނެޓް ވަންދެން ފިހެލާށެވެ.