ފެނަކައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ކުންފުނިތައް ބަނގުރޫޓުވާ ޙާލަތަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން ފެނަކައިން ދަރާފައިވާ ޢަދަދު 2.8 ބިލިއަނަށް އަރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިމުމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން، އެފައިސާ ހޯދަން ފެނަކަ ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ ކުއްލި މައްސަލައިގައި ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބު ބެލުމަށް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.