ފިތުރު ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި 6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 6،108،560 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު މިމުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި 5،943،196 ރުފިޔާ ލިބުނުއިރު، 2021 ވަނަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 5،319،664 ރުފިޔާއެވެ. އަދި 2020 ވަނަ އަހަރުގެ ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،979،474 ރުފިޔާއެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މާޗް 23 ވަނަ ދުވަހުއެވެ.

1444 ވަނަ އަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން ބަނޑޭރިޕޭ ފިޔަވާ އެހެން ޕްލެޓްފޯމްތަކުން ވަނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ރޯދަ މަހުގެ ފަހު ދުވަހުގެ 18:00 އާ ހަމައަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލުމާތުދެއެވެ.