ސިޔާސީ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން، އިދިކޮޅު ކޯލިޝަނުން ”ކޮތަޅު“ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ހަ ރޯދަ ނިމުމަށްފަހު އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތްތައް ފެށުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Ads by Asuru

”ކޮތަޅު“ ގެ ނަމުގައި ޖަލްސާ ބޭއްވި ނަމަވެސް އެއީ ކޮތަޅުން އަގު ނެގުމަށް ސަރުކާރުން ނިންމި ނިންމުމަށް އެކަނި އަމާޒުކޮށް ބާއްވާ ޖަލްސާއެއް ނޫންކަމަށާއި އެޖަލްސާގައި ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ހިއްސާކުރާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެޖަލްސާއަށް ތެދުވުމަށް ފަހު ދެން އިށީންދެ ވަޑައިގަންނަވާނީ ރައީސް ޔާމީން، ރައީސް އޮފީހަށް ވެއްދުމަށް ފަހު ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވޭނެކަން ޔަގީންވާ ކަމަށާއި އެކަމުގައި މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.