އަލްބުރޫޖު ޖަމާއަތުގައި، އުމްރާއަށް ގޮސް ހުރި، 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށް އެޖަމާއަތުން ބުނެފިއެވެ.

Ads by Asuru

އަލްބުރޫޖުގެ ފޭސްބުކް ޕޭޖުން ބުނިގޮތުގައި ނިޔާވެފައި ވަނީ ގއ. ކޮލަމާފުށީ މުހައްމަދު ޒަކީއެވެ.

އޭނާ ނިޔާވީ ރޭ މައްކާ ގަޑިން 12 ޖަހާ އެހާކަށް ހާއިރުކަމަށާއި ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެގްރޫޕުން ބުންޏެވެ.

އޭނާ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށް ފަހު، އިތުރު އުމުރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިނުން އިހުރާމް ބަނދެގެން އައިސް، މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.