އެމްއެންޑީއެފަށް 34 އަހަރު ޚިދުމަތް ކުރައްވައިފައިވާ، މޭޖާ ޢަލީ ސަލީމް ނިޔާވެއްޖެއެވެ.

Ads by Asuru

އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖާ ސަލީމް ނިޔާވީ ސިއްޙީ ޙާލަތު ގޯސްވެގެން، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކަމަކު އޭނާ މިއަދު ވެސް ސިފައިންގެ ވަޒީފާއަށް ނިކުންނެވި ކަމަށްވެއެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އުފެއްދިއިރު އެންމެ ފުރަތަމަ އެތަނުގައި ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވައެވެ.

އަދި މިވަގުތު އެ ދާއިރާއިން ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ ވެސް ސަލީމެވެ.

ސަލީމް ނިޔާވިއިރު ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގައެވެ.