...
Advertisement
އެންމެ އަކަ އިންޗިއެއްވެސް ބޭރު ބަޔަކަށް ދޫކޮށްލުމަކީ އިސްތިގްލާލަށް ދެވޭ ހަމަލާއެއް: މުއިއްޒު

Ads by Asuru

ޗާގޯސް މައްސަލައިގައި ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލައި، ދިވެހި ސަރުކާރުން ހިންގާފައިވަނީ އެންމެ ބޮޑު ހިޔާނާތުގެ އަމަލެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެންމެ އަކަ އިންޗިއެއްވެސް ބޭރު ބަޔަކަށް ދޫ ކޮށްލުމަކީ ގައުމުގެ އިސްތިގްލާލަށް ދެވޭ ޙަމަލައެއް ކަމަށެވެ.

”ރާއްޖޭގެ ސަރަހައްދުން އެންމެ އަކަ އިންޗިއެއްވެސް ބޭރު ބަޔަކަށް ދޫ ކޮށްލުމަކީ ގައުމުގެ އިސްތިގްލާލަށް ދެވޭ ހަމަލާއެއް! ޗާގޯސް މައްސަލައިގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލާ ސަރުކާރުން ކޮށްފައިވަނީ އެންމެ ބޮޑު ހިޔާނާތުގެ އަމަލެއް!“ ޑރ. މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޗާގޯސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި މާދަމާ ގޮތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލައެވެ.

އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމައިލައިފައެވެ.

އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެއެވެ.

 

 

Ads by ooredoo maldives
  1. ސަމަދު

    އެމީހަކު އަތުޖެހުނީމަ އެނގޭނީ. މުއިއްޒުއަށް ގަދަބާރުން އަތުޖެހުނީ މާލޭމަގުތައް. މިހާރު އެތަން ކާރުދުއްވާ ފަރާތްތަކަށް ވިއްކާ ހުސްކޮށްފި. ގައުމު އަތުޖެހޭ ދުވަހަކުން ވިއްކާލާނީ ވައިގެ ސަރަހައްދުކަންނޭގެ.