ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް މުހައްމަދު ޝިފާޒު(ޝިއްޕެ) އިންޒާރެއް ދެއްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދެކެނީނަމަ، އިންޑިއާ ކަނޑުގައި އޮތުމަށް، ދިވެހިން އެދޭ ދިވެހިންގެ ބޮޑު ދައުރު ކިތަންމެ ތަނަކުން ހަނިވާނެ ކަމަށެވެ.
”އިންޑިއާ އައުޓް ޝިއާރަށް ދިވެހިން ނުހެއްލޭނެކަން ކަށަވަރު.“ އޭނާ ވިދާޅުވިއެެވެ.
”އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ވަމުން އަންނައިރު، މި ކެމްޕެއިނާ ވާދައަށް އެމްޑީޕީން ވަނީ ”ބާކީނުވޭ“ މިނަމުގައި މީސްމީޑިއާގައި ކެމްޕެއިނެއް ފަށާފައެވެ. ޝިފާޒްގެ ޓްވީޓްގައި މި ކެމްޕެއިނުގެ ހޭޝްޓެގް ބޭނުންކުރެއްވިއެވެ.
ދިވެހި ރާއްޖޭގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދެކެނީނަމަ، އިންޑިއާ ކަނޑުގައި އޮތުމަށް ދިވެހިން އެދޭ ދިވެހިންގެ ބޮޑު ދައުރު ކިތަންމެ ތަނަކުން ހަނިވާނެ. "އިންޑިއާ އައުޓް" ޝިޔާރަށް ދިވެހިން ނުހެއްލޭނެކަން ކަށަވަރު. #Baakeenuvey
— Mohamed Shifaz *️⃣ (@shippeshifaz) May 30, 2022
އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރާ ފަރާތްތަކުން ބުނާގޮތުގައި، އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑު އުފުލާނަމަ، އެގައުމުން ލިބޭ ގިނަ އެހީތަކުން ދިވެހިން މަހުރޫމް ވެދާނެއެވެ. ރައްދުގައި ”އިންޑިއާ އައުޓް“ ކެމްޕެއިންގެ ބައިވެރިން ބުނަމުންދަނީ، ބާކީވިޔަސް، އަޅުވެތި ނުވުން މާ މުހިންމު ކަމަށާއި، އިންޑިއާއިން ހިދުމަތް ހޯދަނީ ހިލޭ ނޫން ކަމަށެވެ.

އެއީ ހެއްލޭކަށް ޖެހޭ ކަމެއްނޫން.އަހަރެމެންގެ ލެޔާގުޅިފަވާކަމެއް.އިތުރު ބަހުސެއް އެއަކު ނެތް.ޖަލޭމެން ތިބޭ ފަރަންޖީ ބުއްދާ ކާފަރުންގެ ޖީބަށް އެރިގެން ކަޓްނަގަން ގައުމު ވިއްކާފަ.އަހަރެމެން މިތަން މިނިވަންކުރާނަން އިރާދަކުރެއްވިއްޔާ