ދިވެހި ގައުމުގެ ހައްގުގައި އަޑު އުފުލައިގެން، ދިވެހިން ބާކީ ނުވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިނާ ވާދައަށް އެމްޑީޕީން ކުރިއަށް ގެންދާ ”ބާކީނުވޭ“ ކެމްޕެއިނުގެ ބައިވެރިން ބުނާ ގޮތުގައި، އިންޑިއާއާ ދެކޮޅު ވުމަކީ ދިވެހިން ބާކީ ވެދާނެ ކަމެކެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާކީ ވާތަން ފެންނަމުންދަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
”ރައީސް ސޯލިހުއަށް ދަންނަވަން އެކަން އެގޮތަށް ނުކުރައްވަން. ދިވެހި ގައުމުގެ ހައްގުގައި ތެދުވެ އަޑު އުފުލައިގެން، ދިވެހިރާއްޖެ އަދި ދިވެހިން ބާކީއެއް ނުވާނެ.“
Emme fahun baakeevaathan mifennanee @MohamedNasheed . Raees @ibusolih ah dhannavan ekan egothah nukuravvan.
Dhivehi Qaumuge haqqugai thedhuve adu ufulaigen Dhivehi Raajje adhi Dhivehin baakee eh nuvaane IA. #IndiaOut https://t.co/3PgJ9o9Ymm
— Ahmed Shiyam (@Shiyamaldives) May 30, 2022
އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވާއިރު، މި ކެމްޕެއިން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.