ދިވެހިންގެ މެދުގައި މަަޝްހޫރު އިންޑިއާގެ މީރު ކެއުމެއް ކަމުގައިވާ ޕާނީ ޕޫރީގެ މީރު ރަހައިން، ގިނަ ބައެއްގެ ހިތްތައް ފަތަހަ ކުރި ”މާނީސްޕޫރީ“ އިން ތަފާތު އާ ރަހަތައް މިހާރު އަންނަނީ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.
މިއީ އެ ކުޑަ ވިޔަފާރިއަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ލޯބީގެ ނަތީޖާއެވެ.
މާނީސްޕޫރީން މިހާރު ދިވެހީންގެ މެދުގައި މަގުބޫލުވެފައިވާ ރަހަތައް ކަމުގައިވާ، މަސްކާއްޓާއި، މަޖާ ވެސް ލިބެން ހުރެއެވެ.
މަސްކާށި މިކްސް ޕެކެއްގައި މަސްކާއްޓާއި، ރިހާކުރާއި، އާފަލާއި އަނބާއި، ގޯނބިލި، ޖުމްހޫރީ މޭވާ އަދި ފަޅޯވެސް ހިމެނެއެވެ. މީގެ ޕެކެއް އެއްފަހަރު ކައިފިނަމަ، އިތުރަށް ކާހިތްވާނެކަން ޔަގީނެވެ.

މާނީސްޕޫރީން ތައްޔާރު ކޮށްލާ މަޖާގަނޑަށް ވެސް، ގިނަ ބައެއްގެ މަގްބޫލުކަން އަންނަނީ ލިބެމުންނެވެ.

މާނީސްޕޫރީން އޯޑަރުކޮށްގެން، ރަނގަޅު އިނާމެއް!
މިފަހަރު މިއޮތީ، މާނީސްޕޫރީގެ ކަސްޓަމަރުންނަށް ވަރަށް އުފާވެރި ޚަބަރެކެވެ.
އެތަނުން ބޭނުން ކޮންމެ އެއްޗެއް ގަތަސް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް، ވައިގެ މަގުން ދަތުރުކޮށްލުމަށް، ދެ މީހަކަށް، އެއްކޮޅު ޓިކެޓު ލިބޭނެއެވެ.
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު، އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ގިވްއަވޭގައި ބައިވެރިވާނީ ކިހިނެއް؟
މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި، މާނީީސްޕޫރީން އޯޑަރުކޮށް، އެ ވިޔަފާރީގެ އިންސްޓެގްރާމް ނުވަތަ ފޭސްބުކް ޕޭޖަށް ލައިކު ދިނުމަށްފަހު، ގިވްއަވޭ އިޝްތިހާރުގެ ޕޯސްޓު ޝެއަރ ކޮށްލަންވީއެވެ.
